ޑރ.މަޖީދުގެ ހާލުކޮޅު ވަރަށް ދަށް

ކިޔުމަށް ހޭދަވާނީ 49ސ
ޑރ.މަޖީދުގެ ހާލުކޮޅު ވަރަށް ދަށް
ސްޓްރޯކެއް ޖެހިގެން ސްރީ ލަންކާގައި ފަރުވާދެމުން އަންނަ ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހާލުކޮޅު ވަރަށް ސީރިއަސްކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މަޖީދަކީ ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަވާ ބޭފުޅެކެވެ. އެ ގޮތުން މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހުނީ ބައްދަލުވުމަކަށް ސްރީލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށެވެ. ޑރ.މަޖީދު ސްޓްރޯކެއް ޖެހި ވެއްޓިފައި އޮއްވައި ފެނުނީ އެ ބޭފުޅާ ހުންނެވި ހޮޓަލުގެ ކޮޓަރީގެ ފާޚާނާ ތެރެއިންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ޑރ.މަޖީދުގެ ހާލުކޮޅު ސީރިއަސްވެ އައިސީޔޫގައި މިހާރު އޮންނެވީ ވެންޓިލޭޓަރުގައެވެ.

ދީނީ ޢިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ.މަޖީދަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. އިސްލާމިކް މިނިސްޓްރީ އުފެދުނީ 2008 ވަނަ އަހަރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.



މިއަދު އޮންލައިން