ރާއްޖޭގެ ފުރަތަމަ އިސްލާމީ މިނިސްޓަރު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ޞިއްޙީ ޙާލުކޮޅު އެންެމެ ނުރައްކަލުގައި ވާތީ ޢާއިލާގެ ބޭފުޅުންގެ އިތުރުން ގާތް ރަޙްމަތްތެރިންވެސް ގެންދަވަނީ ލަންކާއަށް ވަޑައިގަންނަވަމުންނެވެ.
މިގޮތުން މިއަދުވެސް ވަނީ ބައެއް ބޭފުޅުން ލަންކާއަށް ވަޑައިގެންފައެވެ.
ރާއްޖޭގެ ފުރަތަމަ އިސްލާމީ މިނިސްޓަރުކަން ކުރެއްވެވި ޑރ. ޢަބްދުލްމަޖީދަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯއްދެވި ބޭފުޅެކެވެ. 2008 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި އިޞްލާޙްނުކޮށް ހުރި ވަރަށް ގިނަ ކަންތައްތައް އިޞްލާޙް ކުރެއްވުމަށް ގަދައަޅުއްވައި މަސައްކަތްޕުޅު ކުރެއްވެވި ބޭފުޅެކެވެ.
ޑރ. ޢަބްދުލްމަޖީދު އިސްލާމީ މިނިސްޓަރަކަށް ހުންނަވައިގެން ވަނީ ދުނިޔެ ޤަބޫލުކުރާ ދީނީ އިލްމުވެރިންގެ ގިނަ އަދަދެއްގެ ބޭފުޅުން ރާއްޖެ ގެންނަވައި ދަރުސް ދެއްވުން ފަދަ ޙަރަކާތްތައް ހިންގަވައިފައެވެ.