"ބަންޔަން 3" ނަމަކަށް ކިޔާ ދޯންޏެއް ކ. ދޫނިދޫގެ ހުޅަނގު ފަރާތު ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގެ ރިޕޯޓު މިރޭ 20:00 ހާއިރު ލިބުމާއިއެކު، އެސަރަޙައްދުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ވަނީ ހަރަކާތްތެރިވެފައެވެ.
މިދޯންޏަކީ 85 ފޫޓުގެ ސަޕްލައީ ދޯންޏެކެވެ.
މިހާދިސާ ހިނގިއިރު ދޯނީގައި ހަތަރު ދިވެހިންނާއި އެއް ބިދޭސީއާއެކު ޖުމްލަ ފަސް މީހުން ތިބި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.