ޑރ. މަޖީދަށް އަަވަސް ޝިފާއަކަށް އެދި އެންމެންގެ އަތްތައް އުފުލައިލަދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޑރ. މަޖީދަށް އަަވަސް ޝިފާއަކަށް އެދި އެންމެންގެ އަތްތައް އުފުލައިލަދެއްވާ!
ރާއްޖޭގެ ފުރަތަމަ އިސްލާމީ މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަށްޓަކަައި އެންމެހައި ބޭފުޅުންގެ އަރިހުން ބޭނުންވަނީ ހަމަ އެންެމެ ކަމަކަށެވެ. ހެޔޮ ދުޢާއަށެވެ. އަތްޕުޅު މައްޗަށް އުފުއްލަވައިލަ ދެއްވާށެވެ. ހެޔޮ ދުޢާ ކޮށްދެއްވާށެވެ.

ޑރ. ޢަބްދުލްމަޖީދު އަކީ ކީރިތި ޤްރްއާނުގެ ތަފްސީރު އިލްމުން ޕީއެޗްޑީ ހެއްދެވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރެވެ. ޕީއެޗްޑީ ޙާޞީލުކުރެއްވުމަށްފަހު ފިއްލަވައި ހުންނެވީއެއް ނޫނެވެ. އަމިއްލަފުޅަށް ރައްޔިތުންގެ ތެރެއަށް ނުކުމެވަޑައިގެން އަބަދުވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ ރައްޔިތުންނަށް ވީހައި ގާތުން ޚިދުމަތް ދެއްވޭތޯއެވެ!

ކޮން ޚިދުމަތެއްތޯއެވެ! ދީނީ މައުލޫމާތު ފޯރުކޮށްދެއްވުމެވެ. ކޮން މައުލޫމާތެއްތޯއެވެ! ކީރިތި ޤްރްއާނުގައިވާ މައުލޫމާތެވެ.

ޑރ. ޢަބްދުލްމަޖީދަކީ ވާހަކަފުޅު ދައްކަވާއިރު އަމިއްލަފުޅު ރައުޔުތައް ކުރިއަށް ނެރުއްވުމުގެ ބަދަލުގައި އަބަދުވެސް ކީރިތި ޤްރްއާނުގެ އާޔަތްތަކުން ހެކި ދެއްކެވުމަށް ސަމާލުކަން ދެއްވަވާ ބޭފުޅެކެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ޞަހާބީންގެ ސިޔަރަތުން މިސާލު ދައްކަވާ ބޭފުޅެކެވެ.

ޑރ. ޢަބްދުލްމަޖީދަށް މާތްﷲ އަވަސް ޝިފާއެއް މިންވަރުފުޅު ކުރައްވަވާށި. އާމީން!
މިއަދު އޮންލައިން