މާފުށީ ޖަލަށް ވައްދަން އުޅުނު ފޯނުތަކެއް ފުލުހުން ހޯދައިފި

ކިޔުމަށް ހޭދަވާނީ 30ސ
މާފުށީ ޖަލަށް ވައްދަން އުޅުނު ފޯނުތަކެއް ފުލުހުން ހޯދައިފި
މާފުށީ ޖަލަށް ވެއްދުމަށް ތައްޔާރުކޮށްފައި ހުރިކަމަށް ބެލެވޭ ފޯނުތަކެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނި ގޮތުގައި، މި ތަކެތި ފުލުހުން ހޯދާފައިވަނީ އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާފުށީ ޖަލުގެ ކުނިގޮނޑު ސަރަހައްދު ބަލައި ފާސްކޮށެވެ. އެ ސަރަހައްދު ބަލައި ފާސްކުރިއިރު، 20 މޯބައިލް ފޯނާއި، 20 ޗާޖަރާއި، 14 ސިމް ކާޑް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ. އަދި މާފުށި ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުޤީޤުކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.



މިއަދު އޮންލައިން