ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮކާކޯލާގެ އިސްތިހާރެއް ހަދައިފި

ކިޔުމަށް ހޭދަވާނީ 44ސ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮކާކޯލާގެ އިސްތިހާރެއް ހަދައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮކާކޯލާގެ އިސްތިހާރެއް ހަދައިފިއެވެ. މިއިސްތިހާރު ހަދާފައިވަނީ ޗޮޕާޓް އިންނެވެ.

ފިލްމީތަރި އަހުމަދު ނިމާލްއާއި ޝީލާ ނަޖީބު ފެނިގެންދާ މިއިސްތިހާރު ލޯންޗުކޮށްފައިވަނީ، އެކަމަށްޓަކައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއިސްތިހާރު ލޯންޗުކޮށްފައިވަނީ ވެސް ނިމާލު އެވެ.

ރާއްޖޭގައި މުޅިން އަލަށް އުފެއްދި ކޮކާކޯލާ އިސްތިހާރުން ފެނިގެންދަނީ، އާއިލާއެއް ރޯދަ ވީއްލުމަށް ތައްޔާރުވަމުންދާ މަންޒަރެވެ. އަދި ކޮކާކޯލާ ފުޅިއެއް ގެނައުމުން އާއިލާއަށް ލިބިގެންދާ އުފާވެރިކަމެވެ.

މިއިސްތިހާރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޮކާކޯލާ ކުންފުނީގެ ރާއްޖެ އަދި ބޫޓާންގެ ކަންޓްރީ މެނޭޖަރ އަބްހިޖިތު ލަހިރި ވިދާޅުވީ ދިވެހި އާއިލާތަކަށް ރަމަޟާން މަހަކީ މުހިންމު މަހެއް ކަމަށާއި ކޮކާކޯލާގެ ބޭނުމަކީ އޯގާތެރިކަމާއި އެކުވެރިކަން އާލާކުރުން ކަމަށެވެ.
މިއަދު އޮންލައިން