ކަންނެލި މަސްވެރިކަން ކުރަން އުޅުނު ޒުވާނެއްގެ އަތަށް ބުޅިއެއް ހެރިއްޖެ

ކިޔުމަށް ހޭދަވާނީ 37ސ
ކަންނެލި މަސްވެރިކަން ކުރަން އުޅުނު ޒުވާނެއްގެ އަތަށް ބުޅިއެއް ހެރިއްޖެ
ހއ. ބާރަށު ކައިރީ ދޯންޏެއްގައި ކަންނެލި މަސްވެރިކަން ކުރަން އުޅުނު ޒުވާނެއްގެ އަތަށް ބުޅިއެއް ހެރިގެން ސިއްޙީ އަވަސް ފަރުވާއަށް ހދ. ކުޅުދުފުއްޓަށް ގެންދިޔުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހަވީރު 17:40 ހާއިރުއެވެ.

ހާދިސާގައި އަނިޔާ ވެފައިވަނީ "ކުރަނގި" ދޯނީގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކަށެވެ.

އަނިޔާވިމީހާ މިރޭ 19:10 ހާއިރު އެމްއެންޑީއެފް ގެ އެހީތެރިކަމުގައި ވަނީ ކުޅުދުފުއްޓަށް ގެންގޮސްދީފައެވެ.

"ކުރަނގި" ދޯންޏަކީ ކ. ގާފަރަށް ނިސްބަތްވާ ދޯންޏެކެވެ. ހާދިސާ ހިނގިއިރު ދޯނީގައި 21 މީހުން ތިބި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއަދު އޮންލައިން