މޯލްޑިވިއަންގެ ވޭނެއް ފުރޮޅާލައި ގެއްލުންތަކެއް ލިބިއްޖެ

ކިޔުމަށް ހޭދަވާނީ 38ސ
މޯލްޑިވިއަންގެ ވޭނެއް ފުރޮޅާލައި ގެއްލުންތަކެއް ލިބިއްޖެ
ރާއްޖޭގެ ޤައުމީ އެއާލައިން "މޯލްޑިވިއަން" ގެ ވޭނެއް ހުޅުލޭގައި ދުއްވާފައިދަނިކޮށް މިރޭ ފުރޮޅާލައިގެން ގެއްލުންތަކެއް ލިބިއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިވޭން ފުރޮޅާލާފައިވަނީ މިރޭ 22:05 ހާއިރުއެވެ.

ވޭން ފުރޮޅާލިއިރު އޭގައި އިނީ ޑްރައިވަރު އެކަނި ކަމަށާއި އޭނާއަށް މާބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިހާދިސާއާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ، މިހާތަނަށް ބެލިބެލުމުން ވޭން ފުރޮޅާލީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔުމުގެ ސަބަބުންނެވެ.

ފުރޮޅުނު "މޯލްޑިވިއަން" ގެ ވޭންގެ ފަހަތު ބިއްލޫރިގަނޑު ތެޅިފައިވާއިރު، ވޭންގެ ކުރީ ހެޑްލައިޓް ނެއްޓި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާއާއި ގުޅޭގޮތުން މޯލްޑިވިއަންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މިއަދު އޮންލައިން