ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ހޮސްޕިޓަލު ކަމުގައިވާ އޭޑީކޭ ގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ވަޒީފާއިން ވަކިކޮށް، އެހޮސްޕިޓަލުން ދޭން އެއްބަސްވި ގެއްލުމުގެ ބަދަލު ނުދިނުމުން އެފައިސާގެ ގޮތުގައި ބައި ލައްކަ ރުފިޔާ ޑރ. އުސާމާ އަލީ އުމަރަށް ސިވިލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށް ބުނެ ހައިކޯޓުން އެހުކުމަށް ތާއީދު ކޮށްފިއެވެ.
ސިވިލް ކޯޓުން އޭޑީކޭ ހޮސްޕިޓަލުގެ މައްޗަށް ހުކުމް ކުރީ ޑރ. އުސާމާއަށް 54،500 ރުފިޔާ ދިނުމަށެވެ. އަދި އެކޯޓުން އެމައްސަލަ ނިންމާފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ.
ސިވިލް ކޯޓަށް ހުށަހެޅުނު އެމައްސަލައަކީ އެހޮސްޕިޓަލުގައި ޑރ. އުސާމާ ވަޒީފާ އަދާ ކުރަމުން ދަނިކޮށް، އޭނާގެ ޚިދުމަތް ދެން ބޭނުން ނުވާ ކަމަށް ބުނެ ސިޓީއަކުން އެކަން އަންގާ "ކޮމްޕެންސޭޗަން" ދޭނެ ކަމަށް އޭޑީކޭ އިން ބުނެދީފައިނުވާތީ ހުށަހެޅި މައްސަލައެކެވެ.
މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ހައިކޯޓުގެ ފަރާތުންނެވެ.
އާންމު ބަލިތަކަށް ފަރުވާދޭ ޑރ. އުސާމާ މިހާރު ވަޒީފާ އަދާކުރަނީ އޭނާގެ އަމިއްލަ ކްލިނިކެއް ހުޅުވައިގެންނެވެ.