ޅ.އަތޮޅުގެ ބައެއް ރަށްތަކަށް "ލޮޅުމެއް" ގެ އަސަރުކުރިކަމަށް މެޓް އޮފީހަށް ރިޕޯޓްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ޅ.އަތޮޅުގެ ބައެއް ރަށްތަކަށް "ލޮޅުމެއް" ގެ އަސަރުކުރިކަމަށް މެޓް އޮފީހަށް ރިޕޯޓްކޮށްފި


ޅ.އަތޮޅުގެ ބައެއް ރަށްތަކަށް "ލޮޅުމެއް" އައިސްފައިވާކަމަށް ބުނެ، މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް) އޮފީހަށް ރިޕޯޓްކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނީ މިއަދު ހެދުނު 6:30 އާއި 6:45 އާ ދެމެދުގެ ވަގުތުތަކުގައި ޅ.އަތޮޅުގެ ބައެއް ރަށްތަކަށް ލޮޅުމެއް އައިކަމުގެ އިހުސާސްކުރެވުނުކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އެ ގޮތުން، ނައިފަރު، ހިންނަވަރު، ކުރެންދޫގެ އިތުރުން އެ އަތޮޅުގެ ބައެއް ރިސޯޓްތަކުން ރިޕޯޓް ލިބިފައިވާކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ޅ.އަތޮޅުގެ ރަށްތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓް ލިބުނު ނަމަވެސް، އެ އޮފީހުގެ އެއްވެސް ސިސްޓަމަކަށް އެ ރަށްތަކަށް ބިން ހެލުމެއް އައިސްފައިވާކަމަށް ރެކޯޑްކުރެވިފައި ނެތް ކަމަށެވެ. އެހެން ނަމަވެސް އެކަންތައް ދިރާސާކޮށް ބަލަމުންދާކަމަށް އެ އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ޅ.އަތޮޅުގެ ރަށްތަކުން ލޮޅުމެއްގެ އަސަރުކުރިކަމަށް ރިޕޯޓް ލިބުނު ނަމަވެސް ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދަކުން އެފަދަ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާކަމަށެވެ. އަދިމި ސަރަހައްދުގެ އެހެން ޤައުމަކަށް ވެސް ބިން ހެލުމެއް އައިސްފައިވާ އެނގެން ނެތް ކަމަށް މެޓް އޮފީހުން ބުންޏެވެ.

2016 ވަނަ އަހަރުގެ ތެރޭގައި ނައިފަރުގެ އިރުމަތިން 286 ކިލޯމީޓަރު ދުރުން ބިން ހެލުމެއް އައިސްފައިވާކަމަށް ރިކޯޑް ކުރެވިފައިވެއެވެ.

މިއަދު އޮންލައިން