އިޚްލާޞްތެރިކަމުގެ އަގަކަށް އަޅަކު މިނިވަންކޮށް ދަރިފުޅާއި އަޅު މީހާ ކައިވެނިކުރުވި ވާހަކަ!
ނޫހް ބުނު މަރްޔަމްއަކީ މާތްﷲ ވަރަށް ގިނަ ނިއުމަތްތައް ދެއްވަވާފައިވާ މީހެކެވެ. ހަމައެއާއިއެކު އޭނާއަކީ ދީންވެރި ޚުލްޤް ހެޔޮ މީހެކެވެ.
އޭނާގެ އަންހެން ދަރިކަނބަލަކު ހުރެއެވެ. އެ ދަރިކަނބަލުންނަކީވެސް ރިވެތި އަޚްލާޤްގެ ވެރިއެކެވެ. ރީތި ކަމާއި ނަސަބުގެ މަތިވެރިކަން ވެސް ލިބިފައިވީ ބޭކަނބަލެކެވެ.
މި ނޫޙް ބުން މރިޔަމްގެ އަޅެއް ހުރެއެވެ. އޭނާގެ ނަމަކީ މުބާރިކް އެވެ. ނޫޙް ބުން މަރިޔަމްގެ ދަނޑެއް ބަލަހައްޓަން މުބާރިކާއި ހަވާލުކުރިއެވެ.
މުބާރކާއި ދަނޑު ހަވާލުކުރުމަށްފަހު ވަރަށް ގިނަ ދުވަސްވަންދެން ދަނޑަށް ނުގޮސް ހުރުމަށްފަހު ދަނޑުގެ ކަންކަން ބަލައިލުމަށާއި ހިތް ހަމަޖައްސާލަން ނޫހް ދަނދަށް ދިއައެވެ.
ދަނޑަށް ގޮސް މޭބިސްކަދުރު ކޯންޏެއް ގެނެސްދިނުމަށް މުބާރިކުގެ ކިބައިން އެދުނެވެ. ގެނައުމުން ރަހަ ބަލާލާފައި ބުނީ އެކޯނީގައި ދެނީ ހުތް ރަހަ ކަމަށާއި އެހެން ކޯންޏެއް ގެނެސް ދިނުމަށެވެ. ދެވަނަ ކޯނި ގެނެއުމުން ރަހަ ބަލައިލިއިރުވެސް ދެނީ ހަަމަ ހުތް ރަހައެެވެ. ތިންވަނަ ފަހަރުވެސް ކަންތައް ދިމާވީ ހަމަ އެގޮތަށެވެ.
ދެން ނޫޙް ބުންޏެވެ. "އަހަރެނ ބޭނުންވެގެން މިއުޅެނީ މީރު ފޮނި މޭބިސްކަދުރެކެވެ. ދޮންވެފަ ހުރި މޭބިސްކަދުރެވެ. ތިއަ ގެންނަނީ ރަހަ ބަލާފައި ނޫންހެއްޔެވެ؟"
ޖަވާބުގައި މުބާރިކް ބުންޏެވެ. "ސާހިބާ އަޅުގަނޑާއި ހަވާލުކުރީ މިދަނޑު ބަލަހައްޓައި ދަނޑުގައި މަސައްކަތްކުރުމަށެވެ. މިތަނުގައި ހުރި ތަކެތި ކާކަށް ނޫނެވެ. އެހެންވެ ތިމަންނަ ރަހައެއް ނުބަލަމެވެ. މިތަނުން އެއްވެސް އެއްޗެއްގެ ރަހަ ނުބަލާކަމަށް މާތްﷲ ގަންދީ ހުވާކުރަމެވެ. އެގޮތަށް އެކަން ކުރަނީ މިތަނުން އެއްޗެއް ކައިތޯ ބަލާނެ މީހަކު ހުންނާތީއެއް ނޫނެވެ. އަދި ސާހިބާ ތިމަންނަގެ އަމަލުތައް ބަލާނެ ކަމަށް ބަލައިގެނެއްވެސް ނޫނެވެ. ހަމައެކަނި ބަލަނީ ތިމަންނަގެ އަމަލުތައް މާތްﷲ ބައްލަވައި ވޮޑިގެންވާނެ ކަމަށެވެ."
އެހިސާބުން މުބާރިކް އަކީ އޭނާ ކުރާ އަމަލުތައް މާތްﷲ ބައްލަވައިވޮޑިގެންވާކަން އިޚްލާޞްތެރިކަމާއިއެކު ޤަބޫލުކުރާ އިޙްޞާންތެރިއަކުކަން ނޫހަށް ޤަބޫލުކުރެވުނެވެ. އެކަން ޤަބޫލުކުރެވުމާިއެކު ނޫހް މިނިވަންކޮށް އޭނާގެ ހުރި އަންހެން ދަރިފުޅު ނޫޙް އާއި ކައިވެނިކުރުވަން ވެސް ނިންމިއެވެ.
-- މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމްގައި އިއްޔެގެ ޢަޞްރު ނަމާދަށްފަހު ދިން ދަރުސުން