އަބްދުﷲ ރިޔާޒް އާއި ދެކޮޅަށް 33 ހެއްކެއް ހުށަހަޅައިފި

ކިޔުމަށް ހޭދަވާނީ 51ސ
އަބްދުﷲ ރިޔާޒް އާއި ދެކޮޅަށް 33 ހެއްކެއް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްޖޫރީ ޕާޓީގެ ޑެޕިއުޓީ ނައިބު ލީޑަރު ޢަބްދުﷲ ރިޔާޒް ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ސާބިތު ކުރުމަށް 33 ހެއްކާއި ގަރީނާ ޝަރީއަތަށް ހުށަހަޅައިފިއެވެ.

މިމައްސަލާގައި ދައުލަތުން އެމްޕީ ރިޔާޒް އާއި ދެކޮޅަށް ހެކި ހުށަހަޅާފައިވަނީ އިއްޔެ ބޭއްވި އަޑުއެހެމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުލަތުން ހުށަހެޅި ހެކީންގެ ތެރޭގައި ސިއްރު ހެކީންނާއި ސިއްރު ލިޔުންތައް ވެސް ހިމެނެއެވެ. ހުށަހެޅި ސިއްރު ހެކިންގެ ތެރޭގައި ފުލުހުން ވެސް ހިމެނޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އިއްޔެގެ އެއަޑުއެހުމުގައި ދައުލަތުންވަނީ 2017 ވަނަ އަހަރުން ފެށިގެން ރިޔާޒް އިތުރު ބަޔަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި މަސައްކަތް ކުރިކަމަށް ބުނެފައެވެ.

އެމްޕީ ރިޔާޒްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތު ވެއްޖެނަމަ އެމަނިކުފާނުގެ މައްޗަށް 20 އަހަރާއި 17 އަހަރާއި ދެމެދުގެ ހުކުމެއް އަންނާނެއެވެ.

މިއަދު އޮންލައިން