ޑރ. ޢަބްދުލްމަޖީދު: އެހެން އިލްމުވެރިންގެ ދަރުސްތަކަށް ސަމާލުކަން ދެއްވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ޑރ. ޢަބްދުލްމަޖީދު: އެހެން އިލްމުވެރިންގެ ދަރުސްތަކަށް ސަމާލުކަން ދެއްވި!

ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ އެހެން އިލްމުވެރިންގެ ދަރުސްތަކަށް ސަމާލުކަން ދެއްވި ދީނީ ޢިލްމުވެރިއެކެވެ.

ޚަބަރުގައިވާ ފޮޓޯއަކީ މިދިއަ އަަހަރުގެ ރަމަޟާންމަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމްގައި މުފްތީ މެންކް ދެއްވި ދަރުސް އަޑުއައްސަވަން އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. ވަޑައިގެން އިންނެވީ ވެސް ޢާންމުންގެ ތެރޭގައެވެ.

އެހެން އިލްމުވެރިންގެ ދަރުސްތައް އަޑުއެހުމަކީ ތިމާގެ މައުލޫމާތު މުއްސަނދި އިތުރަށް މުއްސަނދިވާނެ ކަމެކެވެ. އަދި ހުނަރާއި ޤާބިލުކަންވެސް އިތުރުވާނެ ކަމެކެވެ. މިކަމުންެވެސް އެނގިގެންދަނީ ޑރ. ޢަބްދުލްމަޖީދުގެ ހިތްޕުޅުގައި އިސްލާމް ދީން މަތިވެރިކުރެއްވުމަށް އޮތް ޝައުޤުވެރިކަމުގެ ބޮޑުކަމެވެ.
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވެވުން އެދި ދުޢާކުރަމެވެ!
މިއަދު އޮންލައިން