އެމްޑީޕީގެ ކެނޑިޑޭޓުންގެ މައުލޫމާތު ފޮނުވަން އީސީ އިން އެދިއްޖެ
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރިޔާސީ އިންތިހާބަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންގެ މައުލޫމާތު ފޮނުވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެޕާޓީއަށް އިއްޔެ އަންގައިފިއެވެ.
އީސީއިން އެޕާޓީއަށް އިއްޔެ ފޮނުފި ސިޓީގައި އެދިފައިވަނީ ޕްރައިމަރީ ބޭއްވުމުގެ ތިން ދުވަސް ކުރިން ވާދަކުރާ ކެނޑިޑޭޓުގެ މައުލޫމާތާއި ބާއްވާ ތާރީޚު އެކޮމިޝަނަށް އެންގުމަށެވެ. އަދި މިއަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ކުރިން ޕްރައިމަރީ ބާއްވަން ޖެހޭނެ ކަމަށް ވެސް އީސީއިން ވަނީ އަންގާފައެވެ.
އެމްޓީޕީގެ ރިޔާސީ ޕްރައިމަރީ މިހިނގާ މެއި މަހުގެ 30 ގައި ބާއްވަން ތައްޔާރުވަމުން ދާއިރު، އެޕާޓީގެ ރިޔާސީ ޕްރަައިމަރީގައި ވާދަ ކުރެއްވުމަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ.