އިންޑިއާގެ ކެރަލާ ސްޓޭޓްގައި ފެތުރެމުންދާ ނުރައްކާތެރި ނިޕާ ވައިރަސް، ރާއްޖެއިން އަދި ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އިންޑިއާގައި ނިޕާ ވައިރަސް ފެތުތުމުގެ ސަބަބުން ނުވަ މީހަކު ވަނީ މަރުވެފައެވެ.
ރާއްޖެއަށް އެރޯގާ ފެތުރުމުގެ ފުރުސަތު އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ ގެ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެފައިވެއެވެ.
"ރާއްޖެއިން އަދި އެރޯގާ ފެނިފައިވާ ކަމަށް ރިޕޯޓު ލިބިފައެއް ނުވޭ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އަޅުގަނޑުމެން މިދަނީ ބަލަމުން" މައިމޫނާ ވިދާޅުވިއެވެ.