ހަ ރަށެއްގައި ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން، ޖުމްލަ 500 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.
އެގޮތުން ހައުސިންގ މިނިސްޓްރީން ބ. އޭދަފުށި، ދ، ކުޑަހުވަދޫ، ދ. މީދޫ، ލ. ގަން، ރ. މަޑުއްވަރި އަދި ނ. ކޮމަންޑޫ ގައި ގާއިމުކުރާ ހައުސިން ޔުނިތްތައް ފަރުމާ ކުރުމާއި، އިމާރާތް ކުރުން އަދި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ތަރައްޤީ ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރީ އިއްޔެއެވެ.
ހައުސިން މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ، އެމަސައްކަތަށް ބީލަން ހުސަހެޅުމުގެ ދައުވަތު ރާއްޖެއާއި ބޭރުގެ ޤައުމުތަކުން އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށާއި އެމަސައްކަތަށް ބީލަން ހުށަހަޅާއިރު ވަކިވަކި ލޮޓުތަކަށް ނުވަތަ ހުރިހާ ލޮޓުތަކަށް ވެސް އަގު ހުށަހެޅޭނެ ކަމަށެވެ.