ޑރ. މަޖީދުގެ ހަށިކޮޅު ފަސްދާނުލުމުގައި ބައިވެރިވި ގިނަ ބައެއްގެ ލޮލުން ކަރުނަ

ކިޔުމަށް ހޭދަވާނީ 31ސ
ޑރ. މަޖީދުގެ ހަށިކޮޅު ފަސްދާނުލުމުގައި ބައިވެރިވި ގިނަ ބައެއްގެ ލޮލުން ކަރުނަ
ގިނަ ބައެއްގެ ލޯތްބާއި އިޚްތިރާމް ލިބިލެއްވި، ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ އެއް ބާނީ އަލްމަރްޙޫމް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ގެ ކަށުނަމާދަށްފަހު އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލައިފިއެވެ.

ލަންކާގެ ކޮލޮމްބޯ 4 ގެ ޖަވާތާ ޖުންމާ މިސްކިތުގައި އެމަނިކުފާނުގެ ކަށުނަމާދު ބޭއްވުމަށްފަހު ފަސްދާނުލާފައިވަނީ އެމިސްކިތުގެ ސަހަރާގައެވެ.

ޑރ. މަޖީދުގެ ޖަނާޒާގައި، އާއިލާގެ އިތުރުން ލަންކާގައި ދިރިއުޅޭ ގިނައަދަދެއްގެ ދިވެހިންނާއި ދީނީ ޢިލްމުވެރީން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
މިއަދު އޮންލައިން