އިންފްލުއެންޒާ އޭ ޖެހިގެން އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެއްޖެ

ކިޔުމަށް ހޭދަވާނީ 28ސ
އިންފްލުއެންޒާ އޭ ޖެހިގެން އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެއްޖެ
އިންފްލުއެންޒާ އޭ ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ އުމުރުންވީ އަންހެނަކު ނިޔާޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ހއ. ގެ ރަށަކަށް ނިސްބަތްވާ އުމުރުން 80 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަންހެނެކެވެ. އޭނާ ނިޔާފައިވަނީ ރޭ ފަތިހު 4:30 ހާއިރު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އޭޑީކޭ އިން ވަނީ ރެޕިޑް ޓެސްޓް އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވްވި މީހަކު ނިޔާވެފައިވާކަން ކަށަވަރު ކޮށްދީފައެވެ.

މިކަމާއި ގުޅޭގޮތުން އެޗްޕީއޭގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިއަދު އޮންލައިން