އެޗް1އެން1 ގެ ރިޕޯޓެއް ލިބިފައިވާކަން އެނގިފައެއް ނެތް- އައިޖީއެމްއެޗް

ކިޔުމަށް ހޭދަވާނީ 40ސ
އެޗް1އެން1 ގެ ރިޕޯޓެއް ލިބިފައިވާކަން އެނގިފައެއް ނެތް- އައިޖީއެމްއެޗް
އެޗް1އެން1 ގެ ރިޕޯޓެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ލިބިފައިވާކަން އެނގިފައި ނެތްކަމަށް އެހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އެހޮސްޕިޓަލުން މިހެން ބުނެފައިވަނީ އެޗް1އެން1 ޖެހިފައިވާ އުމުރުން ދުވަސްވީ ފިރިހެނަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ގައި އެޑްމިޓް ކޮށްފައިވޭތޯ "މިއަދުނޫހުގެ" ފަރާތުން މިއަދު ކުރި ސުވާލަށް ޖަވާބުދެމުންނެވެ.

މިޚަބަރާއި ގުޅިގެން އައިޖީއެމްއެޗް ގެ މީޑިއާ ކޯޑިނޭޓަރ ވިދާޅުވީ، އެޗް1އެން1 އިންފްލްއެންޒާ ފަދަ ބަލިތަކުގެ ސްޓެޓިސްޓިކަލް ޑޭޓާ އެހޮސްޕިޓަލުން ހިއްސާ ކުރަނީ ހަމައެކަނި މިނިސްޓްރީ އޮފް ހެލްތާއި އެކަނި ކަމަށާއި އެހެން ނަމަވެސް މިހާރު ފެތުރެމުންދާ ވައިރަލް ހުމުން ރައްކާތެރިވުމަށް އިރުޝާދު ދެއްވާ، ބަޔާނެއް އިއްޔެ އެހޮސްޕިޓަލުން ނެރެފައިވާނެ ކަމަށެވެ.
މިއަދު އޮންލައިން