ކ. އަތޮޅާއި ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާރޓް ނެރެފި

ކިޔުމަށް ހޭދަވާނީ 25ސ
ކ. އަތޮޅާއި ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާރޓް ނެރެފި
ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން ބައެއް ސަރަޙައްދު ތަކަށް ވައިޓް އެލާރޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ ކ. އަތޮޅާއި ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 15:15 އިން މިރޭ 21:00 އާއި ހަމައަށެވެ.
މިއަދު އޮންލައިން