ދައުރުވަމުންދާ ވީޑިއޯއަކީ ދުވަސްކޮޅެއް ކުރީގެ ވީޑިއޯއެއް- ފުލުހުން

ކިޔުމަށް ހޭދަވާނީ 46ސ
ދައުރުވަމުންދާ ވީޑިއޯއަކީ ދުވަސްކޮޅެއް ކުރީގެ ވީޑިއޯއެއް- ފުލުހުން
މާލޭ މަޖީދީމަގުގައިބަޔަކު ތޫނު ހަތިޔާރު ގެންގުޅެމުން ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އެކަކު އަނެކަކަށް ބިރުދައްކާ ވީޑިއޯ އެއް އާންމު ވެއްޖެއެވެ. ވީޑިއޯ އިން ފެންނަ ގޮތުން މިހަމަނުޖެހުން އުފެދިފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައެވެ.

އަދި މިހަމަނުޖެހުން ހިނގާފައިވަނީ ދުވާލުގެ ވަގުތެއްގައިކަން ވެސް ފާހަގަވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މިވީޑިއޯއާއި މެދު ބައެއް މީހުން ބުނެފައިވަނީ މިއީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ވެފައިވާ ކަމެއް ކަމުގައެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގު ކޮށްފައެވެ.

"މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއީ މީގެ ދުވަސްކޮޅެއް ކުރީގެ ވީޑިއޯއެއް ކަމަށެވެ.

"މިއީ މީގެ ދުވަސްކޮޅެއް ކުރީގެ ވީޑިއޯއެއް. މިމައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުން" މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.

މިއީ ތަހުގީގު ކުރެވެމުންދާ މައްސަލައަކަށްވުމުން މިވީޑިއޯއާއި ގުޅޭގޮތުންނާއި މިމައްސަލައާއި ބެހޭގޮތުން ވެސް ފުލުހުން އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.


މިއަދު އޮންލައިން