ފުލިދޫ ކަނޑުގައި ލޯންޗެއް އޮޔާ ގޮސްފި

ކިޔުމަށް ހޭދަވާނީ 39ސ
ފުލިދޫ ކަނޑުގައި ލޯންޗެއް އޮޔާ ގޮސްފި
ވ. ފުލިދޫ ކަނޑުގައި ލޯންޗެއް އޮޔާދާތީ އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރު ކޮށްދީފިއެވެ.

"އެކްސް ސްޕީޑް މެރީން" ނަމަކަށް ކިޔާ މިލޯންޗު ވ. އަލިމަތަ އިން ފުރައިގެން އެނބޫދޫ ރިސޯޓަށް ދަތުރު ކުރަމުން ދަނިކޮށް، އެލޯންޗުގެ ހުންގާނުން ހޮޅިއެއް ފަޅައިގެން ގޮސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި މިހާދިސާގެ މައުލޫމާތު ކޯސްޓަގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ އަށް ލިބިފައިވަނީ މިރޭ 19:30 ހާއިރުއެވެ.

މިހާދިސާ ހިނގިއިރު ލޯންޗުގައި ނުވަ ފަތުރުވެރިންނާއި ދެ ޑައިވިންގ އިންސްޓްރަކްޓަރުންނާއި ދެ ފަޅުވެރިން ތިއްބެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މިއަދު އޮންލައިން