ޕެޓްރޯލާއި ޑީސަލް އަގު އަނެއްކާ ވެސް ބޮޑުކޮށްފި

ކިޔުމަށް ހޭދަވާނީ 38ސ
ޕެޓްރޯލާއި ޑީސަލް އަގު އަނެއްކާ ވެސް ބޮޑުކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން ވިއްކާ ޕެޓްރޯލް ލީޓަރަކުން 35 ލާރި ބޮޑުކޮށްފައިވާކަމަށާއި އެހެންވެ މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.77 ރުފިޔާއަށް ކަމަށެވެ. އަަދި ޑީސަލް ލީޓަރަކުން 41 ލާއިރު ބޮޑުކުރިކަމަށާއި އެހެންވެ ޑީސަލް ލީޓަރެއް ވިއްކާނީ 11.13 ރުފިޔާއަށްކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ވަނީ މި މަހުގެ ހަވަނަ ދުވަހު ވެސް ތެލުގެ އަގު ކުރިން ވިއްކާ އަގަށްވުރެ ބޮޑުކޮށްފައެވެ. އެ ފަހަރު ޑީސަލްއާއި ޕެޓްރޯލް ލީޓަރަކުން ބޮޑުކޮށްފައިވަނީ 31 ލާރިއެވެ.
މިއީއެސްޓީއޯންއިން މި އަހަރުގެ ތެރޭގައި ތެލުގެ އަގަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން