ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ގާއިމް ކުރަނީ

ކިޔުމަށް ހޭދަވާނީ 40ސ
ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ގާއިމް ކުރަނީ
ކާރު ޕާކު ކުރުމަށް ޚާއްސަކޮށް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ގާއިމްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީ އިން މިސިސްޓަމްތައް ގާއިމް ކުރަން ކަނޑައަޅާފައިވަނީ ހުޅުމާލޭގެ ނުވަ ސަރަަޙައްދެއްގައެވެ. އޭގެ ތެރޭގައި ކާރުބޮޑު ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ.

ޕާކިން ސިސްޓަމްތައް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް އެޗްޑީސީ އިން ފަށާފައިވާއިރު ހުޅުމާލޭގައި ބަހައްޓާ ނުވަ މެކޭނިކަލް ސިސްޓަމްތަކުގައި 318 ކާރު ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވެފައިވެއެވެ.

ހުޅުމާލޭގައި ގާއިމް ކުރެވޭ މިޕާކިން ސިސްޓަމްތައް ބޭނުން ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމާއިމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މިއަދު އޮންލައިން