ތޫފާން "މެކުނު" ގެ ސަބަބުން ދިޔަވަރު ބޮޑުވެ، އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އެބައޮތް- މެޓް އޮފީސް

ކިޔުމަށް ހޭދަވާނީ 55ސ
ތޫފާން "މެކުނު" ގެ ސަބަބުން ދިޔަވަރު ބޮޑުވެ، އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އެބައޮތް- މެޓް އޮފީސް
މިމަހުގެ 22 ވަނަ ދުވަހު ޢަރަބި ކަނޑުގައި އުފެދިފައިވާ ތޫފަން "މެކުނު" ގެ ސަބަބުން ރާއްޖޭ ހިމެނޭ ސަރަހައްދުގައި ކަނޑުގެ ބާނި ބޮޑުވެ، ކުރިއަށް އޮތް ތިން ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި، އާންމުކޮށް އުދައަރާ ރަށްރަށަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ތޫފާން "މެކުނު" މިހާރު ހުރީ ރާއްޖޭގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 2050 ކިލޯމީޓަރު ދުރުގައި ކަމަށާއި މިތޫފާން ދަތުރު ކުރަމުން ދަނީ މެދުއިރުމައްޗާއި ދިމާލަށް ރާއްޖެއާއި ދުރަށް ކަމަށެވެ.

ތޫފާން "މެކުނު" ގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

މެޓް އޮފީހުން ބުނިގޮތުގައި ކުރިއަށް އޮތް ހަ ގަޑިއިރު ތެރޭގައި ތޫފާން "މެކުނު" އިތުރަށް ބާރު ގަދަވެ، 26 މެއި ވާ ހޮނިހިރު ދުވަހު ހެނދުނު، އޮމާން އާއި ޔަމަން ގުޅޭ ސަރަޙައްދުގެ އައްސޭރި ހުރަސް ކުރާނެ ކަމަށް ލަފާ ކުރެވެއެވެ.

ރާއްޖޭގައި އާންމުކޮށް އުދައަރާ ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އޮތުމާއިއެކު، ސަމާލުވެލެއްވުމަށް މެޓް އޮފީހުން ނަސޭޙަތްތެރިވެފައިވެއެވެ.
މިއަދު އޮންލައިން