މ. މުލީ ހޭޅިފަށުގައި ހުރި މަސްތުވާތަކެތި ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެތަކެތި ހޯދިފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި މަހުގެ 21 ވަނަ ދުވަހުގެ ރޭ 22:00 ހައިރު މުލީ ހޭޅިފަށް ބަލައި ފާސް ކުރުމުންނެވެ.
މިމައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ. އަދި މިމައްސަލަ މ. މުލި ޕޮލިސް ސްޓޭޝަނާއި ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.