ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރުކުރުމަށް އިލްތިމާސް ކޮށްފި

ކިޔުމަށް ހޭދަވާނީ 44ސ
ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރުކުރުމަށް އިލްތިމާސް ކޮށްފި
މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުގަދަ އަދި ވިއްސާރަ ދުވަސް ވަރަކަށްވުމުން، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮަށްފިއެވެ.

އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފައިވަނީ، މިދުވަސްވަރު ދަތުރުކުރާނަމަ މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯއްދަވައިގެން ދަތުރު ރޭވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ދަތުރުކުރާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގަެި ނޫނީ ދަތުރު ނުކުރުމަށާއި މުދާ އުފުލާ އުޅަނދު ފަހަރުން ދޯންޏަށް މުދާ ބަދަލު ކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި ދަތުރުކުރާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމަށާއި ހުރިހާ އުޅަނދެއްގައި ވެސް ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށެވެ.
މިއަދު އޮންލައިން