ޔުމްނާގެ ޕާސްޕޯޓް ހިފަހައްޓައިފި

ކިޔުމަށް ހޭދަވާނީ 51ސ
ޔުމްނާގެ ޕާސްޕޯޓް ހިފަހައްޓައިފި
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގެ ދަރިކަނބަލުން ޔުމްނާ މައުމޫން ގެ ޕާސްޕޯޓް ފުލުހުން ހިފަހައްޓައިފިއެވެ.

ޔުމްނާގެ ޕާސްޕޯޓް ހިފެހައްޓާފައިވާކަން އިއްޔެ ފުލުހުން އޭނާއަށް އަންގާފައިވީނަމަވެސް، ޕާސްޕޯޓް ހިފެހެއްޓި ސަބަބެއް އަންގާފައެއް ނުވެއެވެ.

ޕާސްޕޯޓް ހިފަހައްޓާފައިވާއިރު ޔުމްނާގެ މައްޗަށް ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކާއި ފަނޑިޔާރުން ތަކަކަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުން ކަމުގެ ތުހުމަތުވެސް ކޮށްފައެވެ.

އެތުހުމަތާއި ގުޅިގެން ޔުމްނާގެ އަތުލިޔުމުގެ ސާމްޕަލެއް ނެގުމަށް ދާދި ފަހުން އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު، ކޯޓު އަމުރެއް ނެތުމުގެ ސަބަބުން އެސާމްޕަލް ދިނުމަށް ޔުމްނާވަނީ އިންކާރު ކުރައްވާފައެވެ.

ސަރުކާރު ވައްޓާލަން އުޅުންކަމުގެ ތުހުމަތުގައި ޔުމްނާ މައުމޫންގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އާއި ފިރިކަލުން މުޙައްމަދު ނަދީމާއި އަދި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން މިހާރު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މިއަދު އޮންލައިން