އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 41 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ބޮޑުވާނެ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ އެގާރަ ރުފިޔާ ތޭރަ ލާރިއަސް ކަމަށާއި ޕެޓްރޯލް ލީޓަރެއް ވިއްކާނީ ދިހަ ރުފިޔާ ހަތްދިހަ ހަތްލާރި އަށް ކަމަށެވެ.
އެސްޓީއޯ އިން ތެޔޮ ވިއްކާ އަގުތަކަށް މިއަދު ބަދަލު ގެނެސްފައިވާއިރު ތެޔޮ އުފައްދާ އިނޑިއާގައި ފާއިތުވި 11 ދުަހުގެ ތެރޭގައި ތެލުގެ އަގުތައް 11 ފަހަރު ބަދަލުކުރުމާއި ގުޅިގެން މިއަދު ވަނީ މުޒާހަރާވެސް ކޮށްފައެވެ.
އިންޑިއާގައި މިއަދު ޕެޓްރޯލު ލިޓަރެއް ވިއްކަނީ ދިވެހި ރުފިޔާ އިންނަމަ 19.91 އަށެވެ. ޑީސަލް ލިޓަރެއް ވިއްކަނީ 17.61 އަށެވެ