ގުރައިދޫއަށް ޖެނެރޭޓަރެއް ފޮނުވީ ފެނަކައިން: ފެނަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ގުރައިދޫއަށް ޖެނެރޭޓަރެއް ފޮނުވީ ފެނަކައިން: ފެނަކަ
ކޮޅުމަޑުލު ގުރައިދޫއަށް ޖެނެރޭޓަރެއް ފޮނުވީ ފެނަކަ ކޯޕޮރޭޝަނުން ކަމަށް އެކުންފުނިން ބުނެފިއެވެ.

ފެނަކައިން ގުރައިދޫއަށް ފޮނުވި ޖެނެރާޓަރު ފޮނުވިކަން އަންގައި ފެނަކައިން ކުރި ޓްވީޓްގައި ބުނެފައިވަނީ އެއީ ރައީސް ޔާމީނުގެ ހެޔޮ އެދުންތަކާއިއެކު ތ. ގުރައިދޫ ރައްޔިތުންނަށް ފޮނުވި ރޯދަ ހަދިޔާއެއް ކަމަށެވެ.

މިކަމާއިގުޅިގެން ގިނަ ބައަކަށް ހީކުރެވުނީ އެއީ ރައީސް ޢަބްދުﷲ ޔާމީންގެ އަމިއްލަފުޅު ޚަރަދުގައި އެރަށުގެ ރައްޔިތުންނަށް ފޮނުއްވައިދެއްވި ހަދިޔާއެއް ކަމަށެވެ.

ފެނަކައިން ބުނީ އެއީ "ރައީސް ޔާމީންގެ 24 ގަޑިއިރު ކަރަންޓް ޔަޤީން ކުރުމުގެ ސިޔާސަތުގެ ތެރެއިން ފެނަކަ ކޯޕޮރޭޝަނުން ފޮނުވި ޖެނެރޭޓަރު ސެޓެއް ކަމަށެވެ.

2004 ވަނަ އަހަރު އެރި ސުނާމީ އާއި ގުޅިގެން ރައްޔިތުން ހަދިޔާކުރި ތަކެތި ރީތިކޮށް ޕާރުސަލްކޮށްފައި ވަކި ބައެއްގެ ހެޔޮ އެދުންތަކާއިއެކު ލިޔެފައި ވެސް ރަށްރަށަށް ފޮނުވިކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން