އެޗްޑީސީން "ޔޫތް ސިޓީ ޤްރްއާން މުބާރާތް" ގެ ނަމުގައި ކީރިތި ޤްރްއާން ކިޔެވުމުގެ މުބާރާތެއް ފަށައިފިއެވެ. ހުޅުމާލޭގެ ސްކޫލްތަކަށް ފުރުޞަތު ހުޅުވާލައިގެން މިއަދު ފެށި މި ުބަރާތުގައި 51 ދަރިވަރުން ވާދަކުރެއެވެ.
މުބާރާތް ކުރިއަށް ގެންދަނީ 3 ބައަކަށެވެ. އެއީ ބަލައިގެން ކިޔުމާއި ނުބަލައި ކިޔުމާއި ހާފިޒުންގެ ބައެވެ.
މާދަމާގެ ނިޔަލަށް މުބާރާތް ނިމެނޭއިރު 3 ބައިންވެސް ވަނަ ހޮވާނެއެވެ. ބައިތަކުން 1 ވަނަ ސްކޫލާއި މުޅި މުބާރާތުން 1 ވަނަ ސްކޫލް ހޮވާނެއެވެ.