އިދިކޮޅު ލީޑަރުން ބައިވެރިނުކޮށް ރިޔާސީ އިންތިޚާބު ބޭއްވުމުގެ ފުރުޞަތެއް ނެތް: ޑރ. ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އިދިކޮޅު ލީޑަރުން ބައިވެރިނުކޮށް ރިޔާސީ އިންތިޚާބު ބޭއްވުމުގެ ފުރުޞަތެއް ނެތް: ޑރ. ޙުސައިން
ރާއްޖޭގަ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ލީޑަރުންނަށް ބައިވެރިނުވެވޭ ގޮތަށް އިންތިޚާބު ބޭއްވުމުގެ އެއްވެސް ފުރުޞަތެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

ޖޭޕީން މިރޭ ކޮޅުމަޑުލު ތިމަރަފުށީގައި ބޭއްވި ބައްދަލުވުމުގައި ޑރ. ޙުސައިން ވިދާޅުވީ އިންތިޚާބުގެ ކުރިން ސިޔާސީ ލީޑަރުން މިނިވަންކުރަން ޖެހޭނެ ކަމަށާއި ބާއްވަންޖެހޭނީ ދިވެހި ރައްޔިތުންނާއި ދުނިޔެ ޤަބޫލުކުރާ އިންތިޚާބެއް ކަމަށެވެ. "ކެންޕޭނުކުރުމުގެ ހަމަހަމަ ފުރުޞަތު ދީގެން މިނިވަން އިންތިޚާބެއް ބާއްވައިފިނަމަ 95 އިންސައްތަ އިދިކޮޅު ކޯލިޝަނުން ކާމިޔާބުކުރާނެ. ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނީ 5%"

ޑރ. ޙުސައިން ވިދާޅުވީ ޖޭޕީގެ ނައިބްލީޑަރު، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހައްޔަރުކުރިއިރު 5 ވަރަކަށް ފޫޓް ގާތުގައި ހުންނެވިން ކަމަށާއި ކަންކަން ހިނގައިދިއަ ގޮތް ވަރަށް ގާތުން ފެނިވަޑައިގެންނެވި ކަމަށެވެ. "އެއްވެސް ކަމެއް ކުރައްވައިގެނެއް ނޫން ބަންދުކުރީއަކީ. ހަމައެކަނި ބޭނުމަކީ އިދިކޮޅު ހަރަކާތްތައް ހުއްޓުވުން."

ރިޔާޟް ބަންދުގައި ބަހައްޓާތީ މިރޭގެ ބައްދަލުވުމުގައި ވަނީ ކިނބިދޫ ދާއިރާއަށް ނިޞްބަތްވާ 5000 ރައްޔިތުންނާއި ތިމަރަފުށީގެ 3000 ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފައުޅުކޮށްފައެވެ. އަދި މިހާރުން މިހާރަށް ރިޔާޟް މިނިވަންކުރުމަށްވެސް ވަނީ ގޮވާލައިފައެވެ.
މިއަދު އޮންލައިން