ސެންޓްރަލް އެފްރިކަން ރިޕަބްލިކް އާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ގާއިމް ކޮށްފި

ކިޔުމަށް ހޭދަވާނީ 48ސ
ސެންޓްރަލް އެފްރިކަން ރިޕަބްލިކް އާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ގާއިމް ކޮށްފި
ދިވެހި ރާއްޖެއާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް އާއޮ ދެމެދި ސިޔާސީ ގުޅުން ގާއިމްކޮށްފިއެވެ.

ރާއްޖެއާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް އާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ނިއުޔޯކްގައި ގާއިމްކޮސްފައިވާ ރާއްޖޭގެ ދާއިމީ މިޝަންގައި މިމަހުގެ 24 ވަނަ ދުވަހުއެވެ.

މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ދިވެހި ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަނާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު އެވެ. އަދި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ފަރާތުން ސޮއި ކުރެއއްވީ އެގައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަމްބްރޮއިސިން ކަޕޮންގޯ އެވެ.

މިއެއްބަސްވުމާއި ގުޅުގެން ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ ޤައުމުތަކުގެ އަދަދު ވަނީ 169 އަށް އިތުރުވެފައެވެ.
މިއަދު އޮންލައިން