"އެއްލަކިން މަށަށް ލައިސަންސް" ފޯމުގައި ސޯޝަލް މީޑިއާ ތަފްސީލު ހާމަކުރަން އޮތުމުން ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި

ކިޔުމަށް ހޭދަވާނީ 54ސ
"އެއްލަކިން މަށަށް ލައިސަންސް" ފޯމުގައި ސޯޝަލް މީޑިއާ ތަފްސީލު ހާމަކުރަން އޮތުމުން ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި
"އެއްލަކިން މަށަށް ލައިސަންސް" ގެ ނަމުގައި ސަރުކާރުން ރޭ ފެށި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ދޫކުރި ފޯމުގައި، ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ތަފްސީލުތައް ހާމަ ކުރުމަށް އޮތުމުން، ގިނަ ފަރާތްތަކަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފަސޭހައިން ލައިސެންސް ލިބުމަށް އެދޭ އެފޯމުގައި ބައިވެރިވާ ފަރާތުގެ ޓްވިޓަރ އެކައުންޓާއި، އީމެއިލް އެޑްރެސް، އަދި ފޭސްބުކް ގެ އެކައުންޓާއި، އިންސްޓަގްރާމް އެކައުންޓް ގެ އިތުރުން ވައިބާރ ނަންބަރާއި ވަޓްސްއެޕް ގެ ނަންބަރު ހިމަނަން ޖެހެއެވެ. މިމައުލޫމާތުތަކަކީ، ކުރިން ލައިސަންސް ދޫކުރާއިރު ޓްރާންސްޕޯޓް އޮތޯރިޓީން ހޯދާ މައުލޫމާތުތަކެއް ނޫނެވެ.

މިފަދަ މައުލޫމާތުތަކެއް ހޯދާތީ ބައެއް ފަރާތްތަކުން ވަނީ މިކަމާއިމެދު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއީ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެ ކެމްޕޭން ބޭނުންތަކަށް ހޯދާ މައުލޫމާތުތަކެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.
މިއަދު އޮންލައިން