ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަން އަނެއްކާވެސް އަމުރު ނެރެފި

ކިޔުމަށް ހޭދަވާނީ 58ސ
ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަން އަނެއްކާވެސް އަމުރު ނެރެފި
އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާމަން އަލީ ނަޒީރުގެ ޕާސްޕޯޓް އަނެއްކާވެސް ހިފަހައްޓަން އަމުރެއް ނެރެފިއެވެ.

ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް މިއަހަރުގެ މާރޗް މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަގުތަކަށް ނިކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ގޮވާލިކަމުގެ ތުހުމަތުގައެވެ. އަދި މިމައްސަލައިގައި ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ފުރަތަމަ އަމުރެއް ނެރުނީވެސް ކުރީވެސް ހަމަ އެމަހުގައެވެ.

ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަން މިމަހު ނެރުނު އަމުރުގައިވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަނީ، އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ދާން އުޅޭ ކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމުގެ އަމުރާ ގުޅިގެން ނަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތަހުގީގުގައި އިތުރު ކަމެއް ނެތް ކަމަށް ފުލުހުން އެންގިތާ ދެ މަސް ވެފައިވާ ކަމަށާއި އެފަދަ ކަންކަމުން މިހާރު އެނގިގެން ދަނީ ފުލުހުންގެ ކިބައިގައި ޕްރޮފެޝަނަލް ކަމެއް ނެތް މިންވަރު ކަމަށެވެ.
މިއަދު އޮންލައިން