ޅ. ކުރެންދޫއިން ހާލުބޮޑު ބަލި ކުއްޖަކު އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު "ކުރަނގި" ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.
މިއަދު ހެނދުނު 11:45 ހާއިރު އެމްއެންޑީއެފް ގެ ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައިވަނީ ޅ. ކުރެންދޫ ސިއްޙީ މަރުކަޒުގައި ފަރުވާ ހޯދަމުންދިޔަ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ. މިކުއްޖާ މާލެ ގެނެސްދީފައިވަނީ އިތުރު ފަރުވާއަށް މާލެ ގެންދިޔުމަށް ޅ. ކުރެންދޫ ސިއްޙީ މަރުކަޒުން ބެއްލެވި ޑޮކްޓަރު ލަފާ ދެއްވުމާ ގުޅިގެންނެވެ.
އެކުއްޖާ މިހާރު ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް، އިތުރު ފަރުވާ ދޭން ފަށާފައެވެ.
ކުރެންދޫ ސިއްޙީ މަރުކަޒުން "މިއަދުނޫހަށް" މައުލޫމާތު ދެމުން ބުނެފައިވަނީ، އެކުއްޖާ މާލެ ގެނެވިފައިވަނީ މިދުވަސްކޮޅު ފެތުރެމުންދާ "ފްލޫ އާއި ގުޅުން ހުރި އެއްވެސް ކަމެއްގައެއް ނޫން" ކަމަށެވެ.