ހޮޅުދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކު ނިޔާވެއްޖެ

ކިޔުމަށް ހޭދަވާނީ 45ސ
ހޮޅުދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކު ނިޔާވެއްޖެ

ނ.ހޮޅުދޫގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ މެންދަމު 1:30 ގައި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އެކްސިޑެންޓް ހިނގީ އެ ދެ މީހުން ތިބި ސައިކަލު ރަށު ފަޅު ތެރެއަށް ވެއްޓުމުންކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ އެކްސިޑެންޓްގައި ނިޔާވެފައިވަނީ އުމުރުން 26 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ އަންހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވެގެން ދެ މީހުންގެ ހަށިގަނޑު އެ ރަށު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ދެ މީހުން ދުއްވަމުން ދިޔަ ސައިކަލު ފަޅު ތެރެއަށް ވެއްޓުނު ސަބަބު އެނގިފައިނުވާއިރު، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލައި ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން ކަމަށެވެ.





މިއަދު އޮންލައިން