މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބަލިކުރައްވަން ކުރީގެ ރައީސް މައުމޫން، ރައީސް ނަޝީދު، ޝެއިޚް އިމްރާން އަދި ޤަސިމް އިބްރާހިމް ވެސް ތިއްބަވާނީ އެކުގައިކަން ޔަޤީން ކުރައްވާ ކަމަށެވެ.
"އަޅުގަނޑު މިހުރީ ހުރިހާ ބޭފުޅުންނަށް ވެސް އިތުބާރު ކޮށްގެން" މަޙުލޫފް ވިދާޅުވެފައިވެއެވެ.
މަޙުލޫފް މިހެން ވިދާޅުވިއިރު، ސިޔާސީ ދާއިރާގައި ފުންނާބު އުސް ބައެއް ބޭފުޅުން ރޭ ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގަތުމުން، ގިނަ ބަޔަކު ދަނީ އެކަމާ ފާޑު ކިޔަމުންނެވެ. އަދި ކޯލިޝަން ރޫޅެނީ ކަމުގެ ތުހުމަތުތަކެއްވެސް ބައެއް ފަރާތްތަކުން ކޮށްފައިވެއެވެ.
މަޙުލޫފް ޓްވީޓް ކުރައްވާ ވިދާޅުވީ "ތަފާތު ފިކުރުތަކެއްގެ ސިޔާސީ ޕާޓީތަކެއް، ޕާޓީ ކެނޑިޑޭޓް ނެރެން ކޮންމެ ބަޔަކުވެސް ބޭނުން" ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ.
"ހިތްނޭދޭ ވާހަކަތައް ދޭތެރެ ދޭތެރެއިން އަޑު އިވޭނެ. އެކަމާ ވިސްނަން ބޭނުމެއް ނޫން" ކަމަށް ވެސް އެމްޕީ މަޙުލޫފް ވިދާޅުވިއެވެ.
ޔާމީން ބަލިކުރަން ރައީސް މައުމޫން، ރައީސް ނަޝީދު، ޤާސިމް އިބްރާހިމް އަދި ޝެއިޚް އިމްރާންވެސް ތިިއްބަވާނީ އެކުގަކަން ޔަޤީން ކުރައްވާ. އަޅުގަނޑު މިހުރީ ހުރިހާބޭފުޅުންނަށްވެސް އިތުބާރުކޮށްގެން.
އެކުވެރި ކަމަކީ ގަދަފަދަ ބާރެއް، ވަކިވެގަތުމަކީ ނިކަމެތި ކަމެއް