ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މެޓް އޮފީހުން ލަފާ ކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00 އާއި ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެއެވެ.
މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ އެންމެހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ. ޚާއްސަކޮށް ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެއިދާރާއިން އިލްތިމާސް ކޮށްފައިވެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް 28 މެއި 2018 ގައި ދިޔަވަރު އެންމެ ބޮޑުވާނެ ގަޑިތައް:
• އުތުރުގެ ސަރަޙައްދުތަކަށް މިއަދު ހެނދުނު 11:57 ގައާއި މިރޭ 22:56 ގައި
• މެދުތެރޭގެ ސަރަޙައްދުތަކަށް މިއަދު މެންދުރު 12:41 ގައާއި މެންދަމު 00:27 ގައި
• ދެކުނުގެ ސަރަޙައްދުތަކަށް މިއަދު މެންދުރު 13:18 ގައާއި މެންދަމު 01:12 ގައި