އިސްލާމިކް މިނިސްޓްރީން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝެއިޚް އަލީ ޒައިދު އާއި ގުޅޭ މައްސަލަތަކެއް އެމިނިސްޓްރީން ބަލަމުންދާތީ، ދީނީ ނަސޭޙަތް ދެއްވުމަށް ޝެއިޚް ޒައިދުއަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑު ކުރެވިފައިވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ޝެއިޚްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. އެހެންނަމަވެސް މިމަހުގެ 26 ވަނަ ދުވަހު ޓްވިޓާގައި ޝެއިޚް ޒައިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޝެއިޚްއާއި ގުޅޭ "ކަމެއް" އިސްލާމިކް މިނިސްޓްރީން ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"މިކަމުގައި އުޅޭ މީހުންނަށް މިފުރުސަތުގައި މާތް ﷲ އަށް ބިރުވެތިވުމަށް ހަނދާން ކޮށްލަދެން" ޝެއިޚް އަލީ ޒައިދްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
Islamic ministry in 'kameh' kuran ulhey kamah mauloomaath libijje! Mikamugai ulhey meehunnah Mifurusathugai Allah ah biruvethivumah handhaan kolla dhen.
— Sheikh Ali Zaid (@alizaid1000) May 26, 2018