މުޅި ރާއްޖެއަށް ވައިޓް އެލާރޓް ނެރެފި

ކިޔުމަށް ހޭދަވާނީ 25ސ
މުޅި ރާއްޖެއަށް ވައިޓް އެލާރޓް ނެރެފި
ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން މުޅި ރާއްޖެއަށް ވައިޓް އެލާރޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފައިވަނީ މުޅި ރާއްޖެއަށް ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރު މިނިގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ކެރިގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ވައިޓް އެލާރޓް ނެރެފައިވަނީ މިރޭ 21:00 އިން ދަންވަރު 3:00 އާއި ހަމައަށެވެ.
މިއަދު އޮންލައިން