ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާ ހައްޔަރު ކޮށްފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ރައީސް މައުމޫންގެ ބަންދަށް ލުޔެއް ދެވެން ނެތްކަމަށް ގާޒީ ހައިލަމް ނިންމެވީ ރައީސް މައުމޫން ގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ދައުވާގެ އިއްޔެގެ އަޑުއެހުމުގައެވެ. ގާޒީ ހައިލަމް ވިދާޅުވީ ރައީސް މައުމޫންގެ ބަންދަށް ލުޔެއް ދޭންޖެހޭ ސަބަބެއް ދިފާއީ ވަކީލުންނަށް ދެއްކިފައި ނުވާ ކަމަށެވެ.
އާލާސްކަންފުޅާ އުޅުއްވާ ރައީސް މައުމޫންގެ އާއިލާއިން ގެންދަނީ މިހިނގާ މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން ރައީސް މައުމޫންގެ ހާލުކޮޅު ގޯސް ކަމަށް ބުނެ އެމަނިކުފާނު ގެއަށް ބަދަލު ކޮށްދެއްވުމަށް އެދި ގޮވާލާފައެވެ.