ނ. އަތޮޅާއި ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާރޓް ނެރެފި
ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގެ ސަަބަބުން ބައެއް ރަށްތަކަށް ވައިޓް އެލާރތް ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ ނ. އަތޮޅާއި ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ބުނިގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި ކޮޅިގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.
ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 11:00 އިން ހަވީރު 17:00 އާއި ހަމައަށެވެ.