ޖޭޕީގެ 3 ވަނަ ޤައުމީ މަހާސިންތާ ޖޫން ،28 29 ގަ ޕެރެޑައިޒްގަ ބާއްވަނީ
ޖޭޕީގެ 3 ވަނަ ޤައުމީ މަހާސިންތާ ޖޫން ،28 29 ވަނަ ދުވަހު ޕެރެޑައިޒް އައިލަންޑް ރިޒޯޓްގައި ބާއްވަން ނިންމައިފިއެވެ.
ޖޭޕީން މިއަދު ބުނީ ޕެރެޑައިޒް ރިޒޯޓުގައި ޤައުމީ މަހާސިންތާ ބާއްވަން ނިންމީ މަހާސިންތާ ބާއްވާނެ ތަނެއް މާލެއިން ހޯދަން ވަރަށް ގިނަ މަސައްކަތްތައް ކުރުމުންވެސް ހައުސިންގ މިނިސްޓްރީން މަހާސިންތާ ބާއްވާނެ ތަނެއް ނުދިނުމުން ކަމަށެވެ.
ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު މިއަދުވެސް ވިދާޅުވީ މަހާސިންތާ ބާއްވަން ހުރިހާ ކަމެއް ތައްޔާރުވަމުން އަންނައިރު ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކުރުމުގެ މައްސަލަ އަށް ސިިވިލް ކޯޓުން އަދިވެސް ގޮތެއް ނިންމައި ނުދޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. "ކޯޓުތަކަށް ހުށަހެޅޭ ސިޔާސީ މައްސަލަތައް ވަރަށް ބާރު ސްޕީޑްގައި ހިންގައި ނިންމަމުންދާތަން ފެންނަމުން މިދަނީ. ނަމަވެސް ޖޭޕީން މި މައްސަލަ ކޯޓަށް ހުށަހެޅިތާ އަހަރުވަނީ--"
ސަމީރު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީން އަމަލުކުރާނެ ގޮތެއް މި މަހާސިންތާގެ ތެރެއިން ނިންމައި އިއުލާނުކުރާނެ ކަމަށެވެ.
https://www.facebook.com/1035202439827858/videos/2184169864931104