އިންފްލުއެންޒާ އޭ އަށް އަވަހަށް ވެކްސިން ޖަހަމާތޯ؟

ކިޔުމަށް ހޭދަވާނީ 1މ 24ސ
އިންފްލުއެންޒާ އޭ އަށް އަވަހަށް ވެކްސިން ޖަހަމާތޯ؟


މިދުވަސްކޮޅު ރާއްޖޭގައި ފެތުރެމުންދާ އިންފުއެންޒާ އޭ ވައިރަސް އިން ރައްކާތެރިވުމަށްޓަކައި، މާލެއާއި ކައިރި ރަށްތަކުގައި މިބައްޔަށް ވެކްސިން ޖަހައިދެމުން އެބަ ގެންދެއެވެ.
ޑޮކްޓަރަށް ދެއްކުމަށްފަހު ބޭސް ސިޓީއާއިއެކު ވެކްސިން ގަންނަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފާމަސީއަކަށް ދިޔުމުން، 125 ރުފިޔާއަށް ވެކްސިނެއް ވިއްކައެވެ. ކުޑަކުދިންނަށް ވެސް ވެކްސިން ވިއްކަނީ ހަމަ އެއް އަގެއްގައި ކަމަށް އެސްޓީއޯ އިން މައުލޫމާތު ދީފައިވެއެވެ.

މާލޭގައި މިހާތަނަށް ވެކްސިން ޖަހާދެމުން ގެންދަނީ ސެނަހިޔާ ހޮސްޕިޓަލު، ދަމަނަވެށި، އަދި އޭޑީކޭއިން ނެވެ. މީގެ އިތުރުން ވިލިމާލެ ހޮސްޕިޓަލާއިހުޅުމާލޭ ހޮސްޕިޓަލުން ވެސް އިންފްލުއެންޒާ އޭ ވެކްސިން ޖަހާދެއެވެ.

ހޮސްޕިޓަލުތަކުން ވެކްސިން ޖަހައިދޭ ގަޑިތަކާ ދުވަސްތައް:

• ދަމަނަވެށި: ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:30 އަށް

• އޭޑީކޭ ހޮސްޕިޓަލު: ހުކުރު ދުވަސް ފިޔަވާ އެހެން ކޮންމެ ދުވަހެއްގެ ކޮންމެ ގަޑިއަކު ވެސް ޖަހާދޭ.

• ސެނަހިޔާ ހޮސްޕިޓަލު: ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަދި ރޭގަނޑު 20:00 އިން މެންދަމު 00:00 އަށް.

• ވިލިމާލޭ ހޮސްޕިޓަލު: ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 22:00 އަށް

• ހުޅުމާލޭ ހޮސްޕިޓަލު: ހުކުރު ދުވަހާއި އާދީއްތަ ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 13:30 އަށް

އިންފްލުއެންޒާ އޭ ވެކްސިން ކުޑަ ކުދިންނަށް ޖަހާދެނީ އުމުރުން ހަ މަހުން ފެށިގެން ދޮށީ ކުދިންނަށެވެ.


މިއަދު އޮންލައިން