އިން ޝާ ﷲ ވަރަށް އަވަހަށް އަލި މަގެއް އެބަފެނޭ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އިން ޝާ ﷲ ވަރަށް އަވަހަށް އަލި މަގެއް އެބަފެނޭ!: ޝައިޚް ޢަލީ ޒައިދު
ދީނީ ނަޞޭޙަތް ދެއްވުން އިސްލާމިކް މިނިސްޓްރީން އައްޝައިޚް ޢަލީ ޒައިދު އަށް ވަގުތީ ގޮތުން މަނާކޮށްފައިވާ މައްސަލައަށް އަލި މަގެއް ވަރަށް އަވަހަށް ފެންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު މިކަން ހާމަކުރައްވާފައިވަނީ ޝައިޚަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުންގެ މައުލޫމާތަށްޓަކައި މިއަދު ކުރެއްވެވި ޓްވީޓެއްގައެވެ.

ގިނަ ބައަކު ޝައިޚް ޢަލީ ޒައިދު ފާހަގަކުރަމުންދަނީ ޖެހިލުންވެ ވަޑައިގަތުމެއްނެތި ޙައްޤު ބަސް ވިދާޅުވަމުން ގެންދަވާ ދީނީ އިލްމުވެރިއެއްގެ ގޮތުގައެވެ. އެހެންކަމުން ޝައިޚްގެ ހުއްދަ ވަގުތީ ގޮތުން ނަމަވެސް ހިފެހެއްޓުމުން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

"ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުންނަށް ޙިއްޞާކޮށްލަން. މިއަދު އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރިން. އަދި ދިމާވެގެން އުޅޭ ކަންތައްތަކާއިމެދު މަޝްވަރާ ކުރެވުނު. އިން ޝާ ﷲ ވަރަށް އަވަހަށް އަލި މަގެއް އެބަފެނޭ!"

މިއަދު އޮންލައިން