ބާރުގެ ބިރުދައްކައިގެން ޙުކުމް ކުރުވާ ބޮޑެތި އަނިޔާތައް ކުރުވާ ވާހަކަތައް ދެއްކިއަ ނުދީ އޮބެހެއްޓޭނެ ދުވަސް ވަރަށް ކައިރިވެއްޖެ: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ބާރުގެ ބިރުދައްކައިގެން ޙުކުމް ކުރުވާ ބޮޑެތި އަނިޔާތައް ކުރުވާ ވާހަކަތައް ދެއްކިއަ ނުދީ އޮބެހެއްޓޭނެ ދުވަސް ވަރަށް ކައިރިވެއްޖެ: ޤާސިމް
ޤާނޫނު އަސާސީ އާއި ޤާނޫނާ ޚިލާފަށް ނުފޫޒު ފޯރުވައިގެން ބާރުގެ ބިރުދައްކައިގެން ޙުކުމް ކުރުވާ ބޮޑެތި އަނިޔާތައް ކުރުވާތީ އެވާހަކަތައް ދެއްކިއަ ނުދީ އޮބެހެއްޓޭނެ ދުވަސް ވަރަށް ކައިރިވެއްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ ބްރޯޑްކޮމް އިން މިއަދު ނެރުނު ބަޔާނަކާއި ގުޅިގެންނެވެ.

"ކޮބާތޯ ޤައިދީންނަކީ؟ ޤާނޫނު އަސާސީ އާ ޚިލާފަށް، ޤާނޫނާ ޚިލާފަށް ނުފޫޒު ފޯރުވައިގެން ބާރުގެ ބިރުދައްކައިގެން ޙުކުމް ކުރުވާ ބޮޑެތި އަނިޔާތައް ކުރުވާތީ އެވާހަކަތައް ދެއްކިއަ ނުދީ އޮބެހެއްޓޭނެ ދުވަސް ވަރަށް ކައިރިވެއްޖެ. ޙަޤީޤީ ޤައިދީން އެދުވަހު ފެންނާނެ"




ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން 1 ކެންޑިޑޭޓް ނެރޭނަން. އަދި ރިޔާސީ އިންތިޚާބު އެއް ބުރުން ކާމިޔާބުވެސް ކުރާނަން. ހަމަ ޖެހޭނީ ތެޅިތެޅި ތިބެން. އިން ޝާ ﷲ!"




ޤާސިމް އިބުރާހިމާއި ރައީސް ނަޝީދުގެ އިންޓަރވިއުތަކާއި ބަޔާންތައް މީޑިއާތަކުން ގެނެސްދިނުން ހުއްޓުވުމަށް ހޯމް މިނިސްޓްރީ އާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަޔާން ނެރެފައިވީނަމަވެސް އެކަމަށް ހޫނު ރައްދެއް ދެއްވައި ރާއްޖޭގެ ފުންނާބު އުސް ޤާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ފާޠިމަތު ދިޔާނާ ސަޢީދު ވިދާޅުވީ
ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހީމް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިންޓަރވިއުތައް ރާއްޖޭގެ މީޑިއާތަކުން ގެނެސް ދެވޭނެ ކަމަށާއި އެކަމުގައި ޤާނޫނީ ހުރަހެއް ނެތްކަމަށެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ދައުވާތަކާއި ހިންގި ޝަރީއަތްތަކާއި ކުރި ޙުކުމަކީވެސް އިޖުރާއަތްތަކާއި ޚިލާފަށް ކޮށްފައިވާ ކަންކަން ކަމުގައި ޤާނޫނީ ވަކީލުންނާއި ބައިނަލްއަޤުވާމީ މުޖުތަމައުންވެސް ވަނީ ބުނެފައެވެ. އަދި ހައްޔަރުކޮށް ޖަލަށްލާފައިވާ ސިޔާސީ ލީޑަރުން ސުޕްރީމްކޯޓުގެ 1 ފެބުރުއަރީގެ އަމުރުން މިނިވަންކޮށްފައި ވާއިރު އެއަމުރު ތަންފީޒުކޮށް ޑިމޮކްރަސީ އާއި ޤާނޫނީއިމުގެ ތެރެއަށް ރުޖޫއަވުމަށް ބައިނަލްއަޤުވާމީ ޖަމާއަތްތަކުންވެސް ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ފަރާތްޕުޅުން ވަނީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އަހަރުވާން ގާތްވެފައިވީނަމަވެސް ޝަރީއަތް ކުރިއަށް ގެންދިއުން ވަނީ "ތަޅުލެވިފައެވެ."

ޤާސިމް އިބްރާހީމްގެ ޝަރީޢަތް ކޯޓުގައި ކުރިއަށް ގެންދަނިކޮށް ކޯޓަށް ވެއްޓިވަޑައިގަތުމުން ގެންގޮސް އަޖީއެމްއެޗުގައި އެޑްމިޓްކޮށްފައި ވަނިކޮށް ހަމަ އެ ރޭ މެންދަމުން ފަސްވީފަހުން ސްޕްރީމް ކޯޓުން އިއްވި ބަޔާނަކީ ޝަރުއީ ޙުކުމެއްތޯ؟ ޤާސިމް އިބްރާހީމް ވަނީ ދާދިފަހުން ސުވާލުކުރައްވައިފައެވެ.

ބްރޯޑްކޮމްގެ ބަޔާން:

މިއަދު އޮންލައިން