ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ހަތް ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ- އިސްލާމިކް އެފެއާޒް

ކިޔުމަށް ހޭދަވާނީ 1މ 7ސ
ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ހަތް ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ- އިސްލާމިކް އެފެއާޒް

ފިިޠުރު ޒަކާތުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ހަތް ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.

އެމިނިސްޓްރީން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އިސްލާމިކް މިނިސްޓްރީ އަށް ޒަކާތުގެ ގޮތުގައި 493،538.00 ރުފިޔާ، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 245،975 ރުފިޔާ، ވިލިމާލޭ ޔުނިޓަށް 13،629 ރުފިޔާ، އެޗްޑީސީ މެދުވެރިކޮށް 20،221 ރުފިޔާ އަދި އުރީދޫ މެދުވެރިކޮށް 4،404 ރުފިޔާ ލިބިފައިވެއެވެ.

ރާއްޖޭގައި ފިޠުރު ޒަކާތުގެ ގޮތުގައި ބޮލަކަށް ދައްކަން ޖެހެނީ 2.4 ކިލޯގެ ހަނޑޫ ނުވަތަ އެއަށްވާ ފައިސާ އެވެ. އެގޮތުން މާލޭގައި ދިރިއުޅޭ ފަރާތްތަކުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުންނަމަ ބޮލަކަށް 13 ރުފިޔާއެވެ. ތައިލެންޑު ހަނޑުލުންނަމަ 43 ރުފިޔާ އަދި ބާސްމަތީ ހަނޑުލުންނަމަ 81 ރުފިޔާއެވެ. އަތޮޅު ތެރޭގެ ކައުންސިލްތަކުން ޒަކާތް ބަލައި ގަންނަނީ 2.4 ކިލޯގެ ހަނޑޫ އެރަށަކުން ގަންނަން ލިބޭ އަގަކުންނެވެ.

ޒަކާތް ބަލައިގަތުން އިސްލާމިކް މިނިސްޓްރީން އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގަނެއެވެ. ނަމަވެސް ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވާ އެހެން ތަންތަނުން ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ޖޫން މަހުގެ 10 ވަނަ ދުވަހެވެ.

އުރީދޫ އަދި ދިރާގު މެދުވެރިކޮށް އެސްއެމްއެސް ގެ ޒަރީޢާއިން ވެސް ފިޠުރު ޒަކާތް ދެއްކެއެވެ.

މިއަދު އޮންލައިން