އިންފްލުއެންޒާ ވެކްސިން ޖަހައިދޭ ވަގުތުތައް

ކިޔުމަށް ހޭދަވާނީ 2މ 10ސ
އިންފްލުއެންޒާ ވެކްސިން ޖަހައިދޭ ވަގުތުތައް


މިހާރު ރާއްޖޭގައި ވެސް ފެތުރެމުން އަންނަ އިންފްލުއެންޒާ އޭ ވައިރަސް އިން ރައްކާތެރިވުމަށްޓަކައި، މާލެއާއި މާލެ ކައިރި ރަށްތަކުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން، އިންފްލުއެންޒާ ވެކްސިން ޖަހާދޭން ފަށާފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވެސް ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިބަލީގެ އަލާމާތްތައް ފެނިފައިވާ ފަރާތްތަކުގެ ތެރެއިން 69 އިންސައްތަ މީހުން މިހާރުވެސް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ދާދި ފަހުން އުމުުރުން ދުވަސްވީ އަންހެނެއް ވެސް މިބަލީގައި ނިޔާވެފައިވެއެވެ.

މިއީ ގައިން ގަޔަށް އަރާ ރޯގާއަކަށްވުމުން، މިނުރައްކާތެރި ބަލިން ރައްކާތެރިވުމަށްޓަކައި އިންފްލުއެންޒާ ވެކްސިން ޖެހުމަށް އެޗްޕީއޭ އިންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެގޮތުން މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭއިން މިވެކްސިން ޖަހައިދޭ ދުވަސްތަކާއި ވަގުތުތައް ތިރީގައި މިވަނީއެވެ.

• އައިޖީއެމްއެޗް

• 6 މަހުން މަތީގެ ފަރާތްތަކަށް (ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު) އޯކިޑް ހޯލުގައި މެންދުރު 13:00 އިން މެންދުރުފަހު 15:00 އަށް
• މާބަނޑު މީހުންނަށް (ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު) އާރްއެޗްސީ (ހިޔަލަ ވިންގް އެއްވަނަ ފަންގިފިލާ) ގައި، މެންދުރުފަހު 14:00 އިން ހަވީރު 16:00 އަށް

• ދަމަނަ ވެށި: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:15 އިން މެންދުރު 13:30 އަށް. އަދި ކޮންމެ ހޯމަ އާއި ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 21:00 އިން 22:00 އަށް.

• ސެނަހިޔާ ހޮސްޕިޓަލު: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް. އަދި ކޮންމެ ރެއަކު 20:00 އިން މެންދަމު 00:00 އަށް.

• އޭޑީކޭ ހޮސްޕިޓަލު: ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު. ކުޑަކުދިންނަށް ޖަހައިދެނީ ހެނދުނު 10:00 އިން މެންދުރު 13:00 އަށް ދެވަނަ ފަންގިފިލާގައި ހުންނަ ވެކްސިނޭޝަން ރޫމުން. އަދި ބޮޑެތި މީހުންނަށް ހެނދުނު 9:00 އިން 11:00 އަށް ޓްރީޓްމަންޓް ރޫމުން.

• ހުޅުމާލޭ ހޮސްޕިޓަލު: އާދީއްތަ ދުވަހާއި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 13:30 އަށް.

• ވިލިމާލޭ ހޮސްޕިޓަލު: ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް.

އިންފްލުއެންޒާ ވެކްސިން ގަންނަން ލިބެނީ ފުރަތަމަ ޑޮކްޓަރަށް ދެއްކުމަށްފަހު، ބޭސް ސިޓީ ހޯދުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްޓީއޯ އިން މިވެކްސިން ވިއްކަނީ މީހަކަށް 125 ރުފިޔާއަށެވެ. އަދި އޭޑީކޭ (ޓެބްލެޓް) ފާމަސީއިން 180 ރުފިޔާއަށެވެ.
މިއަދު އޮންލައިން