އދ.ގެ ސެކުއިރިޓީ ކައުންސިލްގެ ގޮނޑީގެ އިންތިޚާބުގައި އަވަށްޓެރި އިންޑިއާގެ ތާއިދު ރާއްޖެއަށް ލިބޭނެބާ؟

ކިޔުމަށް ހޭދަވާނީ 1މ 28ސ
އދ.ގެ ސެކުއިރިޓީ ކައުންސިލްގެ ގޮނޑީގެ އިންތިޚާބުގައި އަވަށްޓެރި އިންޑިއާގެ ތާއިދު ރާއްޖެއަށް ލިބޭނެބާ؟
އދ.ގެ ސެކުއިރޮޓީ ކައުންސިލްގެ ގޮނޑިއަށް ވާދަކުރާ އެއް ޤައުމުކަމަށްވާ އިންޑޮނޭޝިއާއަށް އިންޑިއާގެ ބޮޑު ވަޒީރު ނަހެންދްރާ މޯދީ ވަޑައިގެންފައިވާއިރު، އދ.ގެ ގޮނޑިއަށް އިންޑޮނޭޝިއާ އިންތިޚާބުކުރުމަށް އިންޑިއާގެ ތާއީދު ހޯދުމަށް އެ ޤައުމުން ހުށަހަޅާނެކަމަށް އަޑުފެތުރިއްޖެއެވެ.

މޯދީ އިންޑޮނޭޝިއާ މިދިޔަ އަންގާރަ ދުވަހު ވަޑައިގަތީ، އިރުމަތީ އޭޝިއާގެ ތިން ޤައުމަކަށް އެމަނިކުފާނު ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެލޭޝިއާއާއި ސިންގަޕޫރަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ ތިން ޤައުމަށް މޯދީ ކުރައްވާ ދަތުރުފުޅަކީ އިންޑިއާއިން އިރުމަތީ އޭޝިއާގެ ޤައުމުތަކަށް ގެންގުޅުވާ ޚާރިޖީ ސިޔާސަތުކަމަށްވާ "އެކްޓް އީސްޓް ޕޮލިސީ" އިތުރަށް ހަރުދަނާކުރުމަށް އެ ޤައުމުތަކާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން މޯދީ އިންޑޮނޭޝިއާއަށް ވަޑައިގެންފައިވާއިރު، އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަކަށް އިންޑޮނޭޝިއާ ކުރިމަތިލާފައިވާތީ އެކަމުގައި އިންޑިއާ ތާއީދު ހޯދުމަށް އެ ޤައުމުން މޯދީއަށް ހުށަހަޅާނެކަމަށް ބެލެވޭ ކަމަށެވެ.

މިއީ އިންޑިއާއަށް ފަސޭހަ ނިންމުމަކަށް ނުވާނެކަމަށް ބެލެވެއެވެ. ސަބަބަކީ އިންޑިއޮނޭޝިއާއިން ކުރިމަތިލާފައިވާ އދ.ގެ ގޮނޑިއަށް ދިވެހިރާއްޖެއިން ވެސް ކުރިމަތިލާފައިވާތީއެވެ. އަވަށްޓެރި އިންޑިއާއާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެން ގާތް ގުޅުމެއް އޮވެއެވެ.

އެހެން ނަމަވެސް، ޗައިނާއާއެކު ދިވެހި ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެވުނު ހިސާބުން ދެ ޤައުމުގެ ގުޅުމަށް ވަނީ ހީނަރުކަމެއް އައިސްފައެވެ. އެއަށްފަހުގައި އިންޑިއާއިން ވަނީ ރާއްޖޭގެ ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރަށް ޑިމާންޑްކުރަމުން އައި ބައެއް ކަންކަން ކުރުމަށް ރާއްޖޭގެ ސަރުކާރަށް ގޮވައިލައިފައެވެ.

މިއަދު އޮންލައިން